މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ގެންގޮސްފިއެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންނާއި ހަވާލާދެއްވައި މީޑިއާތަކުގައި ބުނެފައިވަނީ ރައީސް ޔާމީން ގެއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އެދިލެއްވުމުގެ މަތިން ގަޑިޔެއްހާއިރަށެވެ.
އެމަނިކުފާނުގެ އަރިހުގައި ފުލުހުންނާއި ކަރެކްޝަންސްގެ ބޭފުޅުންވެސް ގެކޮޅަށް ވަޑައިގެންނެވި ކަމަށްވެސް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އެކަމާއި ގުޅެގޮތުން ފުލުހުން ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.