ބޭރުގެ އެހީ ހޯދާނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާނެ: ޝާހިދު

ރަށްރަށުން ހިންގަން ބޭނުންވާ މަޝްރޫތައް ފޮރިން މިނިސްޓްރީ އަށް ފޮނުވުމުން އެކަންކަމަށް ބޭރުގެ އެހީ ހޯދާނެ ނިޒާމެއް މިހާރު ގާއިމްކޮށްފައިވާ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ރަށްވެހި ފަތިސް ކެމްޕެއިން” ރެލީއެއްގައި ވާހަކަދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ، ބައިނަލްއަގުވާމީ ފަރާތްތަކުން ރާއްޖެ ބަލައިގެންފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ބޭރުގެ ގައުމުތަކުން އެހީތެރިކަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުގެ ބާވަތްތަކާއި އުފެއްދުންތަކުން ނަގާ ޑިއުޓީ ނެގުން ހުއްޓުވާނެކަމަށް ވެސް ޢަބްދުﷲ ޝާހިދު ވަނީ މި ބައްދަލުކުރެއްވުމުގައި ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!