މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މާލެ ސިޓީ ކައުންސިލަށް

މާލޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މާލެ ސިޓީ ކައުންސިލަށް 1 މިލިއަން ރުފިޔާ ދީފިއެވެ.

މި ފައިސާ މާލެ ސިޓީ ކައުންސިލާއި ހަވާލު ކޮށްފައި ވަނީ، މާލޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅެގޮތުން އިސްލާމިކް މިނިސްޓްރީއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަދު އިސްލާމިކް މިނިސްޓްރީގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޒާހިރު ވިދާޅުވީ، މިސްކިތަކުގައި ގިނަ މަރާމާތުތައް ކުރިއަށްދާއިރު، އެ ކަންކަމުގެ ޝަކުވާތައް އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އަދި އެ މައްސަަލަ ހައްލު ކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތު ފަންޑުން މާލެ ސިޓީ ކައުންސިލަށް ވަނީ 1 މިލިއަން ރުފިޔާ ދީފައި ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރު ޒާހިރު ވިދާޅުވީ، ރޯދަ މަސް ކައިރިވެފައިވާއިރު، ރޯދައަށް ތައްޔަރުވުމުގެ ގޮތުން މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ނިމިއްޖެނަމަ، މިހާރު ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބޮޑެތި މަރާމާތްތައް ކުރަންޖެހޭ މިސްކިތްތަކާއި، މިހާރުން މިހާރަށް ހައްލު ކުރަން ޖެހޭ ކަންކަން ވެސް މިސްކިތްތަކުގައި ހުރިއިރު، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ސިޓީ ކައުންސިލުން މިކަންކަން ކުރަނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!