ސަންދީޕް އޯރް ޕިންކީ ފަރާރް މި މަހުގެ 20 ގައި

ރިލީޒްނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމު “ސަންދީޕް އޯރް ޕިންކީ ފަރާރް” އަޅުވާނެ ތާރީހެއް އެންމެ ފަހުން އިއުލާންކޮށްފި އެވެ.

ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ މި މަހުގެ 20 އަށެވެ. އެއާ އެކު ވަނީ ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދައްކާލައިފި އެވެ. އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލް ކުޅެފައިވާ “ސަންދީޕް އޯރް ޕިންކީ ފަރާރް” އަކީ ކުރިން 2018 ގެ އޮގަސްޓް މަހުގެ ތެރޭގައި ރިލީޒްކުރަން ޕްލޭންކުރި ފިލްމެކެވެ.

ނަމަވެސް އެކިއެކި ސަބަބުތަކާ ހެދި ފިލްމު ސިނަމާތަކަށް ނުގެނެވި ލަސްވީ އެވެ. “ސަންދީޕް އޯރް ޕިންކީ ފަރާރް” ވެގެންދާނީ ވައިއާރްއެފުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމަށެވެ. އަދި މިއީ އަރުޖުނާއި ޕަރިނީތީގެ ޖޯޑު ފެނިގެންދާ ތިން ވަނަ ފިލްމެވެ.

އެ ދެ ތަރިން އެންމެ ފަހުން އެކީގައި ފެނިފައި ވަނީ 2018 ގައި ރިލީޒްކުރި ފްލޮޕް ފިލްމު “ނަމަސްތޭ އިންގްލެންޑް” އިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!