ބަލި މީހަކު އޮޕަރޭޝަން ތިއޭޓަރުގަ، ދެ ޑޮކްޓަރުން ތަޅާ ފޮޅުމުގައި

މ.މުލީގައި ދެ ޑޮކްޓަރުންގެ ދެމެދުގައި މާރަމާރީއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރަމާރީގައި ދެ ޑޮކްޓަރުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. މި މާރަމާރީ ހިނގާފައިވަނީ ސާޖަރީ އެއް ކުރުމަށް ބަލި މީހަކު އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 9:45 ހާއިރު މ. މުލީގައި ދެ ޑޮކްޓަރުންގެ ދެމެދުގައި މާރަމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި މާރަމާރީ ހިނގާފައިވަނީ ނޭޕާލް އަދި އިންޑިއާ އަށް ނިސްބަތްވާ ޑޮކްޓަރުންގެ ދެމެދުގައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން އިތުރަށް ވިދާޅުވީ، މި މާރަމާރީގައި ދެ ޑޮކްޓަރުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!