ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު ވިހެެއުމުން އަންހެން މުވައްޒަފުންނަށް މުސާރައާއެކު ހަ މަހުގެ ޗުއްޓީއެއް ލިބޭނެ ކަމަށެވެ.
އަދި މާބަނޑު ދުވަސްވަރު މުވައްޒަފުގެ ސިއްހީ ހާލަތަށް ބަލައި ދެ މަސް ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. މީގެތެރޭގައި މުސާރަ އާއެކު އެއްމަސްދުވަހުގެ ޗުއްޓީ އެއް ދިނުމަށްވަނީ ކަނޑައަޅާފައެވެ.
މީގެއިތުރުން ދަރިފުޅު ލިބުމާ ގުޅިގެން ފިރިންހެން މުވައްޒަފުންނަށްވެސް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި ދަރިފުޅު ލިބޭތާ ހަތް މަސްދުވަސްތެރޭ މި ޗުއްޓީ ނެގޭނަކަމަށްވެސް ބީއެމްއެލްއިން ބުންޏެވެ.
ވިހެއުމާ ގުޅިގެން މިހާރު އަންހެން މުވައްޒަފުންނަށް ލިބެނީ ދެ މަހުގެ ޗުއްޓީއެކެވެ. އަދި ފިރިހެން މުވައްޒަފުންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ދެމުން އައީ 3 ދުވަހެވެ. އެ ގެނައި ބަދަލުގައި، މިހާރު ޗުއްޓީގައި ތިބި މުވައްޒަފުން ވެސް ހިމެނޭނެއެވެ.
ވިހެއުމާ ގުޅިގެން އަންހެނުންނަށް ހަ މަހުގެ ޗުއްޓީ ސަރުކާރުގެ މުވައްޒަފުންނަސް ދޭން ފެށީ މިދިޔަ އަހަރުއެވެ.