ކިނޮޅަސްގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގެ އެއްބަސް ވުމުގައި ސޮއި ކޮށްފި

ރ. ކިނޮޅަސްގައި އަލަށް އިމާރާތް ކުރާ އިންޖީނު ގޭގެ އެއްބަސް ވުމުގައި ސޮއި ކޮށްފިއެވެ.

ފެނަކައިން ކޮށްފައިވާ ތްވިޓެއްގައި ވާ ގޮތުން މި އެއްބަސް ވުމުގައި ސޮއި ކުރެވިގެން ދިޔައީ މިއަދުގެ ވަގުތެއްގައިއެވެ.

ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު މުހައްމަދު ސައީދެވެ. 

ފެނަކައިން އަންނަނީ ރަށްރަށަށް ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ އިތުރުން އާ އިންޖީނު ގެތަށް ވެސް ތަރަށްގީ ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!