ވަޒިފާއެއް ނުލިބި މަގުމަތި ވީ މޭގަން ގެ ސަބަބުން: ތޯމަސް މާކެލް ޖޫނިއާ

މޭގަން މާކެލް ގެ ބޭބެ ތޯމަސް މާކެލް ޖޫނިއާ އަށް ވަޒިފާއެއް ނުލިބި މަގުމަތި ވީ މޭގަން ގެ ސަބަބުން ކަމަށް ތޯމަސް ތުހުމަތު ކޮށްފިއެވެ. މޭގަން އާ ތޯމަސް އާ މިހާރު އެއްވެސް ގާތް ގުޅުމެއް ނުބާއްވައެވެ. ތޯމަސް އަކީ މޭގަން އާއި އެއްބަފާ ވަކި ބަނޑު ބޭބެއެކެވެ.

53 އަހަރުގެ ތޯމަސް ދަ ނިއު އައިޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭނާއަށް ޖެހިފައިވާ ވަޒީފާ ގެ ދަތިކަމާ ބޯހިޔާވަހި ކަމުގެ ދަތިކަމަށް ޒިންމާދާރު ވާން ޖެހޭނީ މޭގަން ކަމުގައި ބުންޔެވެ.

އޮސްޓްރޭލިއަން މެގަޒިން ބުނާ ގޮތުތުގައި ތޯމަސް ގެ ވަޒީފާ ގެއްލުނީ ވަރަށް ފަހުންނެވެ. އޭގެ ފަހުން އޭނާ އެއްހެން ވަޒީފާއެއް ހޯދުމަކީ ނާދިރު ކަމެއް ކަމުގައި ބުންޏެވެ. ތޯމަސް ބުނާ ގޮތުން ޑަޓޗަސް އާ އެސޯސިއޭޓް ކުރި ފަހުން ތޯމަސްގެ ދިރިއުޅުން ބަރުބާދު ވެއްޖެއެވެ. ތޯމަސް ބުނާގޮތުން އޭނާގެ ނަމުގެ ފަހަތަށް އަންނަ މާކެލް ވަނީ އޭނާ އަށް ބަދު ނަސީބަކަށް ވެފައިއެވެ.

ތޯމަސް ބޯހިޔާވަހިކަން ބޭނުންވެފައިވާ ދަޑިވަޅުގައި މޭގަން އަށް އެހީތެރި ވެދެވެން އޮތް ކަމަށް އޭނާ ބުނެއެވެ. ނޫން ނަމަ އެހެން މީހެއް ލައްވާ ވެސް އެހީތެރި ވެ ދެވިދާވެ ކަމަށް ތޯމަސް ބުނެއެވެ.

2019 ގައި ތޯމަސް ވަނީ ޑްރިންކް އެންޑް ޑްރައިވް މައްސަލަައެއްގައި ޖަލަށް ގޮސްފައިއެވެ. މީގެ އިތުރުން 2017 ގައިވެސް އޭނާ ވަނީ މަސްތުވެފައި ހުރެ އަންހެނެއްގެ ބޮލަށް ބަޑި ދިއްކުރުމުގެ މައްސަލައެއް ގައި ހައްޔަރު ކުރެވިފައިއެވެ.

މޭގަން އޭނާގެ ބައްޕަ ފަރާތު އާއިލާ އާއި ބެހޭ ގޮތުން މީޑިއާގައި ވާހަކަ ނުދައްކާއިރު އޭނަ އަމިއްލަ ބައްޕަ އާވެސް އެންމެ ފަހުން ވާހަކަދައްވައިފައި ވަނީ ޝާހީ އާއިލާ އާ އޭނާގެ ކައިވެނި ވުމުގެ ކުރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!