މައިން ބަފައިން ބޮޑަށް ލޯބިވަނީ ދޮށީ ދަރިފުޅު ދެކެ: ދިރާސާ

ދަރިން ދެކެ ލޯބިވަނީ އެއްވަރަކަށޭ ކިތަންމެ ވަރަކަށް ބުނި ނަމަވެސް މައިންބަފައިން ދޮށީ ދަރިދެކެ އިތުރަށް ލޯބިވާ ކަމަށް ވަނީ ސައިންސްގެ އެހީގައި ސާބިތު ކުރެވިފައިއެވެ.

ކެލްފޯނިއާ ގެ ޔުނިވާރސިޓީ އެއްގައި ހިއުމަން ޑިވެލޮޕްމެންޓް އެންޑް ފެމިލީ ސްޓަޑީޒް ގެ ޕޮރޮފެސާ އެ ކަމުގައިވާ ކެތްރީން އިސްވެ ހިންގި ސާރވޭ އެއްގައި 768 ބެލެނިވެރިން ޝާމިލް ވި އިރު އޭގެ ތެރެއިން %70 އިންސައްތަ މައިންނާއީ %74 އިންސައްތަ ބަފައިން ފޭވަރިޓް ދަރިން ތިބިކަމަށް ގަބޫލް ކުރިއެވެ.

މި ސްޓަޑީ ދައްކާ ގޮތުން މައިނަށް އެންމެ ބޮޑަށް ގުޅެނީ ދޮށީ ދަރިންނެވެ. ސަބަބު ވަރަށް ވެސް ސާފެވެ. އެންމެ ބޮޑު ދަރިފުޅުކަމުން މަންމަ އާ އޮންނަ ބޮންޑް ވަރުގަދަ ކަމުގައި ވެއެވެ. ބައެއް ފަހަރު ވަކި ދަރިއަކަށް ދެވޭ ހާއްސަ ކަމެއްގެ ސަބަބުން ބާކީ ތިބި ކުދިންގެ ހިތުގަިއ ޖެހި އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު ކުޑަވާތަން އާދެއެވެ.

ގަބޫލް ނުކުރެވުނު ކަމުގައި ވިޔަސް ހާއްސަ ދަރިއެއް ހުންނަ ކަން އަހަރުމެން އެންމެންނަށް ވެސް އެގެއެވެ. އެހެން ކަމުން މައިންބަފައިން ދަރިންގެ މެދުގައި ތަފާތު ކުރުން ހުއްޓަން ޖެހެއެވެ. މީ ދީނީ ގޮތުން ބެލިކަމުގައި ވިޔަސް ފާފަ ލިބޭނެ ކަމެކެވެ،

  1. މަޢުލޫމާތު ގޯހެއްނޫން، ނަމަވެެސް، މިފަދަ ޚަބަރުތަކާ އެކު މީގެެ އަަަަަނެއްކޮޅުވެސް ލިޔަން މުހިއްމު. ދަރިންދެކެ ކިތަންމެެ ލޯބިވިޔަސްވެސް ދަރިންގެ ވިސްނުމުގެ ސަބަބުންވެސް ވަރަށް ގިނަފަހަރަަށްް އެފަދަ ކުންހީތައް އުފެދިގެން އާއިލާތަށް ރޫޅިފާވޭ. ޝުކުރިޔާ.

    0
    0
  2. ދަރިން ތަފާތު ކުރުމުގައި ހުރި ނުބައި ކަމާއި އޭގެން އައުލާ ތެރެރޭ އުފެދޭ ހަސަދާއި އިސްލާމް ދީނުގައި މިކަން އޮށްގޮތް ތަންކޮޅެއް ތަފްސީލުކޮށް ގެނެސް ދީބަލަ.

    0
    0
  3. މައިން ބަފައިންނާއި ދަރިންނާމެދު ނަފްރަތު އުފައްދަން މިފަދަ ލިޔުން ނުލިޔުނިއްޔާ މާ ރަނގަޅު ވާނެ. އަހަންނަކީ އަހަރެންގެ އާއިލާގަ އެންމެ ދޮށީދަރި. އެކަމު އަހަރެން ދެކެ ވަކި އިތުރަށް ލޯބިވާކަން ފާހަގައެއް ނުކުުރެވޭ. އެއަށްވުރެ ހަގަށް ތިބޭ ކުދިން ދެކެ މާބޮޑަށް ލޯބިވާކަން ފާހަގަކުރެވޭ. އަބަދުވެސް ކުޑައަށް ހުންނަ ކުއްޖާވީމަ އޭނަ ބޭނުންވާ ކޮންމެ ކަމެއް އޭނަ ބޭނުންވާ ގޮތަށް ކޮށްދޭކަން ފާހަގަވޭ. މީ ވަރަށް ވާހަކަ☹️☹️☹️

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!