އިންޑިއާއިން ބައެއް ބޭސް އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި

އަވަށްޓެރި އިންޑިއާއިން ބޭސް އެކްސްޕޯޓް ކުރުން ލިމިޓްކޮށްފި އެވެ. ލިމިޓްކުރި ބޭސްތަކުގެ ތެރޭގައި އާންމު ބޭހެއް ކަމަށްވާ ޕެރެސެޓްމޯލް ވެސް ހިމެނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާއިން ބޭސް އެކްސްޕޯޓް ލިމިޓްކުރީ ބޭސްތަކަށް ބޭނުންވާ އިންގްރީޑިއެންޓްތައް ޗައިނާއިން ލިބުން ދަތިވުމުންނެވެ. ޗައިނާ މިހާރު އޮތީ ކޮރޯނާ ވައިރަހުގެ ބިރުވެރިކަމުގެ ތެރޭގަ އެވެ.

އިންޑިއާއިން އެކްސްޕޯޓް ކުރުން ލިމިޓް ކޮށްފައިވަނީ 26 ވައްތަރެއްގެ ބޭހެވެ.

އިންޑިއާއަކީ ޖެނެރިކް ބޭސްތައް އެންމެ ގިނައިން ސަޕްލައި ކުރާ ގައުމެވެ. އެހެންކަމުން އެ ގައުމުން ބޭސް ލިމިޓް ކުރުމުން އޭގެ ދަތި މުޅި ދުނިޔެއަށް ވެސް ކުރާނެ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!