ޕީޖީ އޮފީހުގެ ރިވިއު ކޮމިޓީ އުވާލަނީ

ޝަރީޔަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މައްސަލަތައް ރިވިއުކުރަން އެކުލަވާލާފައިވާ ”ރިވިއު ކޮމިޓީ”ގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ”ރިވިއު ކޮމިޓީ” އާއި އެކު ކޮމިީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ”އެރެސްޓް ރިމާންޑް” ކޮމިޝަންގެ މަސައްކަތްވެސް މި މަހުގެ 15 އިން ފެށިގެން ނިންމާލާނެ ކަމަށާއި، އަދި އެ ތާރީހުން ފެށިގެން ރިވިއުކުރުމަށްޓަކައި ޝަކުވާ ހުށަހަޅާ ފޯމް ބަލައިގަތުންވެސް ހުއްޓާލާނެ ކަމަށެވެ.

ރިވިއު ކޮމިޓީގެ މަސައްކަތް ހުއްޓާލުމަށް ޕީޖީ އޮފީހުން ނިންމާފައިވީ ނަމަވެސް، ރިވިއު ކުރަންޖެހޭ ކަމަަށް ޕީޖީއަށް ފެންނަ މައްސަލަތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. ރިވިއު ކުރަން ޖެހޭ މައްސަލަަތައް ބަލާނީ ގާނޫނު އަސާސީގެ 223 މާއްސާގެ (ބ) އާއި (އ) އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ބ) އާއި (އ) ގެ ދަށުން ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ.

ރިވިއު ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި، ދައުވާއެއް އުފުލުމަށް ނުވަތަ ނުއުފުލުމަށް ނިންމާފައިވާ ނިންމުންތަކާއި ކޮށްފައިވާ ދައުވާތައް ބަދަލު ކުރަން ފެންނަ ހާލަތުގައި އެ ދައުވާއެއް ބަދަލު ކުރުން ހިމެނެއެވެ. އަދި ޝަރީއަތް ކުރުމުގެ ކުރިން މީހަކު ހައްޔަރުގައި ބަހައްޓާފައިވާ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މީހަކު ބަންދު ކޮށްފައިވާ މައްސަލަތައް މުރާޖައާ ކުރުން އަދި ނިންމުމެއް ރިވިއު ކުރުމަށް ތުހުމަތު ކުރެވޭ ފަރާތުގެ އިހުމާލެއް ނެތި ނުނިމި ލަސްވާ މައްސަލަތައް މުރާޖައާ ކުރުން ވެސް އެ ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!