ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބުގެ 3 ދާއިރާއެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކަށަވަރުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގައި އެމްޑީޕީން ކަށަވަރުކޮށްފައިވަނީ އަންހެނުންނަށް ހާއްސަކޮށްފައިވަނީ ހިތަދޫ “ބޭރުމަތި” ދާއިރާގެ ގޮނޑިއެވެ. އެ ގޮނޑި ކަށަވަރުކުރި އެމްޑީޕީގެ ކެންޑިޑޭޓަކީ މަރިޔަމް ސައީދާއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީން ކަށަވަރުކޮށްފައިވަނީ މަރަދޫ ދާއިރާ އަށް ވާދަކުރައްވާ ނުސްރަތު ރަޝީދާއި ފޭދޫ ދާއިރާ އަށް ވާދަކުރައްވާ ޙައްވާ ޒާހިރާގެ ގޮނޑިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ، އައްޑޫސިޓީ ލޯކަލް ކައުންސިލް އިންތިޙާބުގެ “އައްޑޫސިޓީ ހިތަދޫ ބޭރުމަތީ ދާއިރާ”ގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ އިންތިޙާބު ކުރަންޖެހޭ އަދަދަށް ކަމަށާއި، އެ ދާއިރާއަށް ސ ހިތަދޫ މުޝްތަރީގޭ މަރްޔަމް ސައީދާ ހޮވިފައިވާ ކަމަށެވެ.