އެއްގަމު އުޅަނދު ފަހަރު ގޮތަށް، ކަނޑު އުޅަނދު ފަހަރުގައި ވެސް ސްޓިކާ ޖަހަނީ

ވެރިރަށް މާލެ ސިޓީ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް އަޅާފައިވާ ކަނޑު އުޅަނދުފަހަރުގައި ސްޓިކާޖެހުމަށް ޚާއްސަ އޮޕަރޭޝަން ޔުނިޓްއެއް އުފައްދަވައިފިއެވެ.

އޮންލައިން ނެއްގައި ވާގޮތުން ގައި ވިދާޅުވެފައިވަނީ ނިމިދިޔަ ފެބުރުވަރީ 29 ގައި މެރިން ޕޮލިސްގެ އިސްވެރިޔާ ސުޕްރިންޑެންޓް އޮފް ޕޮލިސް ޝިޔާމް ވަނީ މެރިން ޕޮލިސްގައި ހަރަކާތްތެރިވާ ފުލުހުންގެ ކުއްލި ބައްދަލުވުމެއްބާވައި މެރިން ޕޮލިސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަމަށެވެ.

އަދި މި ބައްދަލު ކުރެއްވުމުގައި ސުޕްރިންޑެންޓް އޮފް ޕޮލިސް ޝިޔާމް ފާހަގަކުރެއްވި ބައެއް ވާހަކަތައްވެސް އެ ނޫހުން ވަނީ ގެނެސްދީފައެވެ. އެގޮތުން މިކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ސީދާ އެންގުމަށް ކުރާކަމެއްކަމަށް މި ބައްދަލުވުމުގައި ޝިޔާމް ވިދާޅުވެފައިވާކަމުގައި އެނޫހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަގުމަތީގައި ޓްރެފިކް ޕޮލިހުން މަސައްކަތް ކުރައްވާފަދައިން ކަނޑުމަތީގައިވެސް ޤަވާއިދާއި ޚިލާފުވާ އުޅަނދު ފަހަރުން ޖޫރިމަނާ ނުނެގެންވީ ކީއްވެތޯ ސުވާލު ކުރައްވާފައިވާކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި އޮފިސަރަކު ވޮއިސް އާއި ހިއްސާކުރައްވާފައިވެއެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!