މޮނިޓަރުންނަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާގެ މެންދުރުފަހު 3:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މީގެކުރީން އޮބްޒާވަރުންނާއި މޮނިޓަރުންނަށް ކުރިމަތިލުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

އަންނަ މަހު ހަތަރެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އަދި އިތުރު އޮފިޝަލުން އަދިވެސް ބޭނުންވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.

އެ އިންތިހާބަށް 6386 އޮފިޝަލުން ބޭނުންވާކަމަށް އީސީން ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!