ޖޭއެސްސީއަށް ކުރިމަތިލި މީހުންގެ ނަންތައް ކޮމިޓީއަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން މީހަކު ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ނަންތައް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖޭއެސްސީއަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން އިއުލާން ކުރީ މިދިޔަ މަހު 18 ގައެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލި އެވެ. ރިޔާސަތުން ވަނީ އެ ފަސް ނަން ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

“މި މައްސަލަ ވީއެންމެ އަވަހަކަށް ދިރާސާކޮށް ނިންމައި ދެއްވުން އެދެން،” ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ޖޭއެސްސީއަށް ކުރިމަތިލެއްވި ފަސް ބޭފުޅުން:

އާމިނަތު އުއްމުކުލްސޫމް މޫންލައިޓް ހައުސް / ސ. މަރަދޫ

އަލީ މުހައްމަދު މަނިކު ދަފްތަރު ރ.ސ 1151

އާދަމް މިގްދާދް ހ. ރޯޒްމެރީ

އަހްމަދު މިޒްމާދް މއ. ލޫބީން

އަހްމަދު ނަސީރު އާބާދުވިލާ / ސ. މީދޫ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!