ޑިޝާގެ އައިޓަމް ލަވަ, ފޯރިގަދަ ނެޝުންތަކެއް

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ފިލްމު “ބާގީ 3” އަށް ބަތަލާ ޑިޝާ ޕަޓާނީ ކުޅުނު އައިޓަމް ލަވަ “ޑޫ ޔޫ ލަވް ވީ؟” ދައްކާލައިފި އެވެ.

އޭނާ ވަރަށް ގްލެމަރަސްކޮށް ފެނިގެންދާ މި ލަވައިގެ މިއުޒިކް ރެނީ ބެންޑާލީ ހަދާފައިވާ އިރު، ލަވަ ކިޔާފައި ވަނީ ނިކިތާ ގާންދީ އެވެ. “ބާގީ 3” ގެ އައިޓަމް ލަވައަކުން ޑިޝާ އަށް ފުރުސަތު ލިބުނު އިރު އޭނާ އަކީ ލޯބިވެރިޔާ ޓައިގާ ޝްރޮފް 2018 ގައި ކުޅުނު “ބާގީ 2” ގެ ބަތަލާ އެވެ.

މި ފަހަރު ފިލްމުގެ ބަތަލާ އަކީ 2015 ގައި ގެނެސްދިން “ބާގީ” ގެ ބަތަލާ ޝްރަދާ ކަޕޫރެވެ. “ބާގީ 3” ގެ ކާސްޓުންގެ ތެރޭގައި ރިތޭޝް ދޭޝްމުކާއި އަންކިތާ ލޯކަންޑޭ ވެސް ހިމެނެ އެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!