މާވެޔޮ މިސްކިތް ނިންމަން މުހުލަތެއް ދީފި

މާވެޔޮ މިސްކިތް ނިންމައި އަންނަ މަހުގެ 18ގެ ކުރިން ހަވާލުކުރަން އެތަނުގެ މަސައްކަތްކުރާ ފަރާތަށް އިސްލާމިކް މިނިސްޓްރީން މުހުލަތު ދީފި އެވެ.

އެނގިފައިވާ ގޮތުގައި، އަމިއްލަ ފަރާތަކުން މީގެ ހަތަރު އަހަރު ކުރިން އިމާރާތްކުރަން ފެށި މިސްކިތް އަންނަ މަހުގެ 18ގެ ކުރިން ހަވާލު ނުކޮށްފި ޕްްރޮޖެކްޓް އަތުލާނެ ކަމަށް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަންނަ ރޯދަ މަހު މާވެޔޮ މިސްކިތުގައި ނަމާދުކުރަން ފެށޭ ވަރު ކުރުމަށެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާވެޔޮ މިސްކިތުގައި މި ރޯދަ މަހު ނަމާދުކުރަން ފަށާނެކަމަށެވެ. އެކަމަކު ރޯދަ އަށް ނަމާދުކުރަން ފެށިޔަސް އެތަން ރަސްމީކޮށް ހުޅުވާނެ ތާރީހެއް އަދި ކަނޑަނާޅާ ކަމަށް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރަމަޟާން މަހާ ދިމާވަނީ އަންނަ އޭޕްރީލް މަހުގެ 24 އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!