ޖެނިފާ ބޭހަދު 2 ދޫކޮށްލަނީ؟

ސޮނީ ޓީވީން މިހާރު ދައްކާ މަގުބޫލު ސިލްސިލާ “ބޭހަދު 2” އެ ޗެނެލުން ދެއްކުން ހުއްޓާލައި، ސޮނީގެ ސްޓްރީމިން ޕްލެޓްފޯމަށް ބަދަލުކުރާތީ އެކަމާ ހިތްހަމަނުޖެހިގެން ބަތަލާ ޖެނިފާ ވިންގެޓް ސިލްސިލާ ދޫކޮށްލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް ނޫސްތަކުން ބުނިގޮތުގައި މި ބަދަލު ގެންނާތީ ޖެނިފާ މިހާރު ވަނީ އޭނާގެ އެގްރިމަންޓް ވެސް އާނުކުރަން ނިންމައިފަ އެވެ. “ބޭހަދު 2” ސޮނީގެ ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވް އެޕުން ގެނެސްދޭ ނަމަ ޓީވީން ޝޯ ބަލާ އޯޑިއަންސުން ބޮޑު ނިސްބަތެއް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

ޓެލީ ޗައްކަރުން ބުނިގޮތުގައި ސިލްސިލާ ސޮނީ ލިވް އެޕުން ސްޓްރީމްކުރާ ނަމަ، އޭގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ އެއްވެސް ޝައުގުވެރިކަމެއް ޖެނިފާގެ ނެތެވެ. އެކަމަކު “ބޭހަދު 2” އަކީ އޭނާ ގެ ވަރަށް ހާއްސަ މަސައްކަތަކަށްވާތީ ސޮނީން ގެންނަން އުޅޭ ބަދަލު ހުއްޓުވޭތޯ އޭނާ އަންނަނީ އޭގެ ޓީމާ އެކު މަޝްވަރާތައް ކުރަމުންނެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަހު ފާހަގަކުރާ ކުލައިގެ ފެސްޓިވަލް ހޮލީ އަށް ފަހު، “ބޭހަދު 2” ވަރަށް އަވަހަށް ސޮނީ ލިވް އެޕަށް ބަދަލުކުރާނެ އެވެ. އަދި ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެ ތާރީހަކީ މި މަހުގެ 13 އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ސޮނީ އާއި ޖެނިފާ އެއްވެސް ވާހަކައެއް މިހާތަނަށް ނުދައްކަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!