ރާއްޖޭގެ ކުޅަދާނަ ޓިކްޓޮކް ތަރި ހާޝިޔާ އިބްރާހީމް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ހާޝިޔާ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. ނަމަވެސް ކުއްލި ގޮތަކަށް އޭނާ މަރުވި ސަބަބެއް ސާފެއް ނުވެ އެވެ. އުމުރުން 16 އަހަރުގެ ހާޝިޔާ ވަނީ ޓިކްޓޮކްގައި ގިނަ ވީޑިއޯތަކެއް ކުޅެފަ އެވެ. އެގޮތުން އޭނާއަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ތަރިއެއް ވެސް މެއެވެ.
މުޅި ދުނިޔޭގެ އިތުރުން ރާއްޖޭގައިވެސް ހާއްސަކޮށް ޒުވާނުންގެ ތެރޭގައި މަޝްހޫރު ކަން ޓިކްޓޮކް ވަނީ ހޯދާފައިއެވެ. ޓިކްޓޮކް ގެ ސަބަބުން ދިވެހި ސިނަމާ އަށް ވަނީ އާ މޫނު ތަކެއްވެސް އިތުރު ވެފައިއެވެ.