އެމެރިކާ މީހެއް އޭނާ ލޯބިވެގެން އުޅޭ ކުއްޖާ، ނެވާޑާގައި ހުންނަ ހަނަފަސް ސަހަރާއަށް ކިޑްނެޕް ކޮށްގެން ގެންގޮސް މެރުމަށްފަހު އެ އަންހެންމީހާގެ ގޭގައި ދިރިއުޅެފައިވާކަމަށް އެމެރިކާގެ ފުލުހުން ހާމަ ކޮށްފިއެވެ. މި މައްސަލައިގެ ދައުވާ މިހާރު ވަނީ އޭނާގެ މައްޗަށް އެމެރިކާގެ ފެޑްރަލް ކޯޓެއްގައި ވަނީ އުފުލާފައެވެ.
އުމުރުން 40 އަހަރުގެ ޖޯން މެތިއު ވަނީ މި މައްސަލާގައި މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކޮށްފައެވެ. އަދި ކޯޓުން މައްސަލަ ނިމެންދެން މި މީހާ މިހަރުވަނީ ހައްޔަރު ކުރެވިފައެވެ.
ފޮޓޯ ޝޫޓިންގ އަކަށް ގެންދިޔުން
ނެވާޑާގެ ހަނަފަސް ސަހަރާއަކަށް ގެންގޮސްފައިވަނީ ފޮޓޯ ޝޫޓިންގ އަށް ކަމަށް ބުނެއެވެ. މި ފޮޓޯ ޝޫޓިންގ އަކީ “ބޮންޑޭޖް” ތީމަށް ނަގާ ފޮޓޯ ޝޫޓިންގ އެއްކަމަށް ބުނެ، 33 އަހަރުގެ މި އަންހެން މީހާގެ މަރާލާފައި ވަނީ، އަތާއި ފައި ޒިޕްޓައިން ބަދެ، ބިމަށް ޖަހާފައި އިން ހޮޅިދަނޑިއެއްގައި ބަނދެ، ޑަކްޓޭޕް އަނގައާއި ނޭފަތް މަތީ ޑަކް ޓޭޕް އަޅައި ނޭވާ ހާސްކޮށްގެންނެވެ. އަންހެން މީހާ މަރުވުމުން، މޮހާލައި، ލައިގެން ހުރި ހެދުން ބާލުވައި ހުސް ހަށިގަނޑު ސަހަރާއަށް އެއްލާލާފައި އައީ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ލިބެއެވެ.
ހަށިގަނޑު ފެނުނު ގޮތް
މަރާލާފައިވާ މީހާގެ ހަށިގަނޑު ފެނުނީ ދަތުރުކުރަމުން ދިޔަ އާއިލާއަކުން، ސަހަރާގައި ހުރި ފާހަނަ އަކަށް ދާން މަޑުކޮށްގެން ތިއްބާ ދަތުރުގެ ބައިވެރިން ކުރެ ބަޔަކު ސަހަރާތެރެއަށް ނުކުމެ އުޅެނިކޮށެވެ.
ޖޯން މެތިއު ފުލުހުންނަށް ކިޔާދިން ގޮތުން، އޭނާ ވަނީ އަންހެން މީހާ މަރާލުމަށްފަހު އެ އަންހެން މީހާގެ ގެއަށް ގޮސް އެ އަންހެންމީހާއަށް ހެދިގެން އެ އާއިލާގެ މީހުންނާއި ވާހަކަ ދައްކާފައި ކަމަށް ވެއެވެ.
އަންހެން މީހާ ނެތްކަން އެނގުނު ގޮތް
އަންހެން މީހާ ނެތްކަން އެނގުނީ އޭނާގެ ހަބަރެއް ނުވެގެން އޭނާގެ ރައްޓެއްސެއް ފުލުހަށް ރިޕޯޓް ކުރުމުންނެވެ. އަވަށްޓެރިން ޕޮލިހަށް ހާމަކޮށްފައިވާ ގޮތުގައި އެ އަންހެން މީހާ ނުފެންނަތާ 2 މަސްވެފައި ވާއިރު، އެ އަންހެން މީހާގެ ގެއިން، އޭނާގެ ލޯބިވެރިޔާ ކަމަށް ބެލެވޭ މީހަކު ވަދެ ނުކުމެ ހަދައެވެ.
އަންހެން މީހާގެ ހަށިގަނޑު ފެނުނު އިރު، ކާކު ކަން ވަކިކުރަން ނޭނގޭ ވަރަށް ވަނީ ދުވަސްވެފައެވެ. އަދި އަންހެން މީހާއަކީ ކާކުކަން ދެނެވުނީ މިދިޔަ ނޮވެމްބަރު މަހު، އޭނާގެ ދަތްތަކަށް ކޮށްފައިވާ ފަރުވާތަކަށް ބަލައިގެންނެވެ.