ހަނދަށް ދާން ބޭނުންތަ؟ ނާސާއިން އެ ފުރުސަތު ހުޅުވާލައިފި!

އެސްޓުނޯޓުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ނާސާއިން ހުޅުވާލައިފިއެވެ.

ނާސާއިން ބޭނުންވަނީ 2024 ގައި ފިރިހެނަކާއި، އަންހެނެއް ހަނދަށް ފޮނުވަމަށެވެ. މިގޮތުން އެސްޓުނޯޓަކަށް ވާން ހުށައަޅާ ފަރާތްތަކުން ހޮވޭ އަންހެން މީހާ ވެގެން ދާނީ ފުރަތަމަ ފަހަރަށް ހަނދަށް ދިޔަ އަންހެނާއަށެވެ.

ހަނދަށް ދިޔުމަށް އެދި އެ ފުރުޞަތު ހޯދުމަކީ ވަރަށް ވާދަވެރިކަމެކެވެ. އެންމެފަހުން 2015ގައި އެސްޓުނޯޓަކަށް ވުމަށް ފުރުޞަތު ހުޅުވާލުމުން 18،300މީހުން އެއަށް ކުރިމަތިލިއެވެ.

އެސްޓްނޯޓަކަށް ވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، އަދި އެސްޓުނޯޓެއްގެ މަސައްކަތަކީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ނާސާގެ ޑިރެކްޓަރ ނޫސްވެރިންނަށް މައުލޫމާތު ދެމުން ހާމަ ކުރިއެވެ.

1960 އިން ފެށިގެން މިހާތަނަށް 350 އެސްޓްނޯޓުންނަށް ވުމަށް އެކިފަރާތްތަކުން ނާސާއިން ތަމްރީން ހޯދާފައިވެއެވެ. މީގެ ތެރެއިން 48 އެސްޓްނޯޓުން މިހާރުވެސް ތިބީ ތައްޔާރީ ހާލަތުގައެވެ.

ނާސާއިން މަސައްކަތް ކުރަމުންދަނީ އެސްޓްނޯޓުން ގިނަ ކުރުމަށެވެ. މިގޮތުން 2030ގައި މާސް އަށް މީހުން ފޮނުވުމަށް ނާސާ ދަނީ ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!