އަދާލަތު ޕާޓީ އަށް ހައްގު މިންވަރަކީ އެންމެ ވަޒީރެއް: ރާއީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަށް އޮތް ހައްގު މިންވަރަކީ އެންމެ ވަޒީރެއް ކަމަށާއި އެ ވަޒީރުކަން ވެސް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.

ރާއީ މިހެން ވިދާޅުވެފައިމިވަނީ ސަރުކާރު ކޯލިޝަނުން އަދާލަތަށް ހައްގުވާ މިންވަރު ލިބެންޖެހޭ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ރޭ ވިދާޅުވެފައިވާތީއެވެ.

ރާއީ ވިދާޅުވީ ހައްގު މިންވަރު އެމްޑީޕީން އަންނަނީ ކަށަވަރުކޮށްދެމުން ކަމަށާއި ނަމަވެސް ބައި ހަމަނުވާ ޕާޓީއެއްގެ ވަޒީރަކު އަރާ ހައްގު މިންވަރު ނުލިބޭ ކަމަށް ވިދާޅުވުމަކީ ބޮޑު ޖޯކެއް ކަމަށެވެ.

“ހައްގު މިންވަރަކީ އެންމެ ވަޒީރެއް. އެ ވަޒީރުކަން އަޅުގަނޑުމެން ހުންނާނީ ދީފައި،” ރާއީ ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސަރުކާރު ކެބިނެޓުގައި މިހާރު އެ ޕާޓީގެ ފަރާތުން ތިއްބެވީ މިނިސްޓަރު އިމްރާން އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!