ޖެޓްސްކީއެއްގައި ޖާބިރު ބޮޑުމޮހޮރާއަށް

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ލީޑަރު އަބްދުﷲ ޖާބިރުގެ ދިގު އިންތިޒާރަކަށް ފަހު ލިބިވަޑައިގެންނެވި، ވ. ބޮޑުމޮހޮރާއާ ހަވާލުވުމަށް ޖެޓްސްކީއެއްގައި އެރަށަށް ވަޑައިގަންނަވައިފިއެވެ.

ޖާބިރު ބޮޑުމޮހޮރާއަށް ވަޑައިގަތުމަށް ޖެޓްސްކީގައި ދަތުުރުފެެއްޓެވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ރިސޯޓެއް ތަރައްގީ ކުރަން ޖާބިރު އަށް ބޮޑުމޮހޮރާ ދީފައިވަނީ 2012 ވަނަ އަހަރު ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ ރަށް ޖާބިރުގެ އަތުން އަތުލާފައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ތެރޭގައި މެރިން ޓެކްނޮލަޖީ މޯލްޑިވްސް އާއި ބޮޑުމޮހޮރާ ހަވާލުކުރުމަށް ސިވިލް ކޯޓުން އެންގުމުން ވެސް ކުރީ ސަރުކާރުން ވަނީ އެއަށް އަމަލުކުރަން ދެކޮޅު ހަދާފައެވެ. އެފަހުން ވ. ބޮޑުމޮހޮރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ޖާބިރަށް ދީފައި ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!