ފޮޓޯ؛ މިހާރު

ފުރަތަމަ އަހަރުތެރޭގައި 540 އަށް ވުރެ ގިނަ މަޝްރޫއު ފަށާފައިވޭ: ހޫދު

ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށް ވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، އިބްރާހިމް ހޫދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށްވުރެ ގިނަ މަޝްރޫޢު ފަށާ، އެކި މަރުޙަލާގައި ހިންގާފައިވާކަމީ، މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭ މިސާލެއް ކަމަށެވެ.

އަދި އެއީ ރެކޯޑެއް ކަމަށާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން އެގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

ވައުދުތައް ނުފުއްދި، ސަރުކާރުގެ ސްޕީޑު ލަސްކަމަށް ބުނެ މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަމާޒުވި ފާޑުކިއުންތަކަށް ރައީސް އޮފީހުން ޖަވާބު ދީފައިވަނީ ތަފާސްހިސާބު ތަކުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!