މިނިމަމްވޭޖު ބޯޑު ކޮމެޓީއަށް ހާޒިރު ކުރަނީ

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިމަމް ވޭޖް ބޯޑުން އެކުލަވާލި ރިޕޯޓާ ގުޅިގެން އެ ބޯޑު މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ހާޒިރު ކުރުމަށް ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު މެންދުރު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި އެގޮތަށް ނިންމީ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކޮމިޓީގެ މުގައްރިރު މުޙައްމަދު ރަޝީދު ޙުސައިން ވިދާޅުވީ، މިނިމަމް ވޭޖް އެޑްވައިޒަރީ ކޮމިޓީ ހާޒިރުކުރަން މީގެ ކުރިން ނިންމީ، މަޖިލީހުގެ ކޮމިޓީ އަކަށް ބަޔަކު ހާޒިރުކުރުމަށް ދޭން ޖެހޭ ފަސް ދުވަހުގެ މުއްދަތު ދިނުމަށް ފަހު، މިމަހުގެ 11 ވަނަ ދުވަހުގއި ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާ މެމްބަރު އަބްދުލް މުޢުނީ ހުށަހެޅުއްވީ ރިޕޯޓާ ގުޅިގެން އެކި ސިނާއަތްތަކުގެ ބޭފުޅުންނާ ބައްދަލުކުރަމަށެވެ. ދެވަނަ ހުށަހެޅުއްގެ ގޮތުގައި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ހުށަހެޅުއްވި، ވީހާ ވެސް އަވަހަކަށް މިނިމަމް ވޭޖް ބޯޑާ ބައްދަލު ކުރަމަށެވެ. އަދި އިތުރު ބަޔަކާ ބައްދަލު ކުރާނަމަ އެއަށް ފަހު އެކަމާ މެދު ގޮތެއް ނިންމުމަށެވެ. ފަހު ހުށަހެޅުއްމެއްގެ ގޮތުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު މުހައްމަދު ޝިޔާމް ހުށަހެއްޅުއްވީ، މިނިމަމް ވޭޖުގެ ގޮތުގައި 10،000 ރުފިޔާ ކަނޑައެޅުމަށެވެ. ނަމަވެސް ފާސްވީ މިނިމަމް ވޭޖު ބޯޑު ކޮމެޓީއަށް ގެނައުމަށެވެ.

އެންމެ ކުޑަ އުޖޫރައާ ގުޅިގެން މާދަމާ ރޭ މަޖިލީހުގައި އާއްމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުމެއްވެސް ކުރިޔަށް ދާނެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!