އިރާންގެ 23 ޕާލަމެންޓު މެމްބަރުންނަށް ކޮވިޑް19 ޖެހިއްޖެ

އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރަކު ކޮވިޑް-19 އަށް ޕޮސިޓިވް ވެއްޖެއެވެ.

މިކަން އިއުލާންކޮށްފައިވަނީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޑެޕިއުޓީ ސްޕީކާ އަބްދުލްރެޒާ މެސްރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގިނަ އަދަދެއްގެ މެމްބަރުންތަކެއް ވައިރަސް އަށް ޕޮސިޓިވްވުމުން ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކު ވަނީ ވައިރަސްގެ ކަންތައް ހަމައަކަށް އެޅެންދެން މެމްބަރުން ރައްޔިތުންނާއި ބައްދަލު ނުކުރުމަށް އެދިފައެވެ.

23 މެމްބަރަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، އިރާނުގެ ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ 290 މެމްބަރުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!