ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު އެމްޑީޕީ އަށާއި، ސަރުކާރަށް ވަރަށް ބޮޑްށް ފާޑު ވިދާޅުވެއްޖެއެވެ.
ޖޭޕީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، އޭނާ އަކީ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހެއް ނޫންކަމަށާއި މިސަރުކާރުން ޖުޑިޝަރީއާއި ދޭތެރޭގައި އަމަލުކުރަމުން ދަނީ ހިތުހުރި ގޮތަކަށްކަމަށެވެ.
އިލްހާމް ވިދާޅުވީ ލާމަރުކާޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރު ދޭގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު އެގޮތަށް މިސްރުކާރުން ކައުންސިލްތަކަށް ބާރުތައް ނުދޭނެކަމަށެވެ. އަދި މިސަރުކާރު އުފެދިފައިވާ ކޯލިޝަނުގައި ޖޭޕީން އޮންނާކަށްވެސް އަދި ނޯންނަންވެސް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ޖޭޕީގެ މިސްރާބު ހުރީ 2023 ގެ ރިޔާސީ އިންތިހާބަށް ކަމަށެވެ.