ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ މިނިސްޓަރަށް ކުފޫ ހަމަވާވަރުގެ ލީޑަރޝިޕް ކޮލިޓީ ހުރިނަމަ ލިމިޓެޑް ރިސޯސް ބޭނުންކޮށްގެން ކުރިން ތިބި އޮފިސަރުން މޯޓިވޭވޭޓް ކޮށްގެން ކުރި މަސައްކަތް ބަލައިގަތީސް ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
މުނާޒް މިހެން ވިދާޅުވެފައި މިވަނީ އޭނާ މަޤާމުގައި ހުންނެވިއިރު ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ގެ މަސައްކަތް ރަނގަޅު ކަމަށް އެމަނިކުފާނު ރާއްޖެ ޓީވީގެ “ފަލަ ސުރުޚީ ޕްރޮގުރާމުގައި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
މުނާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަޤާމުގައި ހުންނެވިއިރު ވާހަކަ ދައްކަވަމުން ގެންދެވީ ދައުލަތުގެ މިނިސްޓަރެއްގެ ދިފާޢުގައި ކަރެކްޝަންސްގެ ސީޕީގެ ހައްޞިއްޔަތުން ކަމަށެވެ. އަދި ހޯމް މިނިސްޓަރަށް ކުފޫ ހަމަވާވަރުގެ ލީޑަރޝިޕް ކޮލިޓީ ހުރިނަމަ ލިމިޓެޑް ރިސޯސް ބޭނުންކޮށްގެން ހަމަ ކުރިން ތިބި އޮފިސަރުން މޯޓިވޭވޭޓް ކޮށްގެން ކުރި މަސައްކަތް ބަލައިގަތީސް ކަމަށް ޓްވީޓްގައި ވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 21 ގައި މަޤާމުން ވަކި ކުރެއްވުމުން އޭނާ ގެންދަވަނީ މިނިސްޓަރ އިމްރާނަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.