ޝަރީޢަތުގެ އަޑުއެހުމަށް ފަހު ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަށްފަހު، ފުލުހަށް ހާޒިރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި ކަންކަމާއި ގުޅޭ ގޮތުން ފުލުހުން ޑްރާފްޓް ކުރި ބަޔާނެއްގައި ސޮއި ކުރުމަށް ކަމަށެވެ.

ހައިކޯޓުގައި އެންމެފަހުން ބޭއްވި އަޑު އެހުމުގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި 75 އިސްތިއުނާފީ ނުކުތާގެ ތެރެއިން 10 ނުކުތާއެއްގެ ތަފްސީލު ހުށަހަޅާފައެވެ. މިއަދުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ވަކީލުން ވަނީ ބާކީ ނުކުތާތަކުގެ ތަފްސީލު ހުށަހަޅާފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!