16 މީހުންނާއެކު ދަތުރުކުރި ޔޮޓެއް ފަރަށް އަރައިފި

ގއ. ގެމަނަފުށީ ކައިރިން 16 މީހުންނާ އެކު ދަތުރު ކުރި ޔޮޓެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ ގއ.ގެމަނަފުށީގެ އުތުރު ކަންމަތީ ފަރަށް އަރާފައިވަނީ 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ‘ގްރޭންޑެއްޒާ’ ނަމަކަށް ކިޔާ ޔޮޓެއް ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސީޖީ އެމްއާރްސީސީ އަށް ލިބިފައިވަނީ މިއަދު ހެނދުނު 07:31 ހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!