އައްޑޫ ހޮސްޕިޓަލް ކައިރި ވަލުތެރޭގައި ރޯވެއްޖެ

އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހޮސްޕިޓަލް ކައިރި ވަލުތެރޭގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ހިތަދޫ ފަޔާ ސްޓޭޝަނަށް ލިބިފައިވަނީ މިއަދު މެންދުރު 12:37 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާންގަނޑު 200 ފޫޓަށް ފެތުރުނުުއިރު، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!