އައްޑޫ ސިޓީ ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީގެ ފޭދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ބައިސްކަލެއްގައިޖެހި އެކްސިޑެންޓްވި ކަމުގެ މައުލޫމާތު މިއަދު 10:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިއެކްސިޑެންޓް ހިނގިވަގުތު ބައިސްކަލުގައި ކާރު ޖެހި ކޮންޓްރޯލްނުވެގޮސް ފާރެއްގައި ޖެހުމުގެ ސަބަބުން ފާރުވެސް ވެއްޓިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެކްސިޑެންޓް ހިނގިއިރު ބައިސްކަލު ދުއްވަން އިނީ ދިވެހި އަންހެނެއް ކަމަށާއި އަދި ކާރު ދުއްވަން ހުރީ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ ދެ މީހުންނަށް ވެސް މިހާރު އަންނަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.