ކުއީން އެލިޒިބަތް ގެ އެދި ލެއްވުމަކަށް މޭގަން އާ ހެރީ އެބުރި ގައުމަށް

ކުއީން އެލިޒިބަތް ގެ އެދިލެއްވުމަކަށް މޭގަން މާކެލް އާ ޕްރިންސް ހެރީ ޔޫކޭ އަށް އެބުރި ދިއުމަށް އެއްބަސް ވެއްޖެއެވެ. މޭގަން އާ ހެރީ ޝާހީ ދިރިއުޅުމުން ވަކިވުމަށް މިދިޔަ މަހު އިއުލާން ކުރުމަށް ފަހު މި ވޭތުވެ ދިޔަ ދުވަސްކޮޅު އުޅުނީ ކެނެޑާގައި ދިރިއުޅުން ހަމަޖެއްސުމުގައިއެވެ.

އަންނަމަހު އާރޗީއާއެކު ޔޫކޭ އައް ދަނީ މާޗް 9 ގައި ލަންޑަން ގައި އޮންނަ ކޮމަންވެލްތް ސާވިސް އެޓް ވެސްޓާން އަބޭ އަށް ކަމަށް ސަންޑޭ ޓައިމްސް ގައި ބުނެފައިވެއެވެ. ވެލްތް ސާވިސް އެޓް ވެސްޓާން އަބޭ އަކީ މޭގަން އާ ހެރީ އާންމު ދިރިއުޅުމަށް، ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން ހާޒިރުވާ އެންމެ ފަހުގެ ޝާހީ ހާޒިރުވުން ތަކުގެ ތެރެއިން ހާޒިރު ވުމެކެވެ.

ވެލްތް ސާވިސް އަކީ އެބޭފުޅުންގެ ދިރިއުޅުމުން ފާޅުކުރާ ގޮތަށްވުރެ ތަފާތު އެއްޗެކެވެ. މިދިޔަ ހަފްތާ ޖޭޕީ މޯގަން ގެ އެދުމަކަށް އެ ދެ ބޭފުޅޫން މަޔާމީގައި އޮތް ހަރަކާތަކަށް ހާޒިރުވެ ހެރީ 424 ބޭންކަރުންނާ ވާހަކަދެއްކެވީ 1997 ގަ، ހެރީގެ އުމުރުން އެންމެ 12 އަހަރުގައި ޕްރިންސަސް ޑަޔާނާ ނިޔާ ވުމާ ގުޅިގެންނެވެ.

ހަބަރު ލިބިފައިވާ ގޮތުގައި މޭގަން ވާހަކަ ދެއްކެވީ ފިރިކަލުން ދެކެ ވާ ލޯބި ބަޔާން ކޮށްދެއްވުމުގެ ގޮތުންނެވެ. މިކަމަށް އެ ދެބޭފުޅުންނަށް އެއްވެސް ޕޭމަންޓްއެއް ލިބިފައި ވާ ކަމަށް ކަށަވަރު ނުކުރެވޭނެ ކަން ސަންޑޭ ޓައިމްސް އިން ރިޕޯޓް ކޮށްފައިވީ ނަމަވެސް ރިޕޯޓް ތަކުން އެ ބޭފުޅުންނަށް 1 މިލިއަން ޑޮލާރ ލިބިފައި ވާކަމަށް ވަނީ ހާމަ ކޮށްފައިއެވެ.

އިންގްލޭންޑްގައި މިދިޔަ މަހު ހެރީ މަޑުކުރީ މަޝްވަރާ އަކަށެވެ. މި މަޝްވަރާގައި ވާހަކަ ދެކެވުނީ މޭގަން އާ އެކު ދިރިއުޅުން ކުރިއަަށް އޮތްތާ ދާނެގޮތާ މެދާ މާލީ ކަންކަމާ މެދުއެވެ. މަލީ ކަންކަން އަދިވެސް ވަނީ ސިއްރު ކުރެވިފައިއެވެ. ސަންޑޭ ޓައިމްސް ރިޕޯޓް ކުރާ ގޮތުގައި ކުއީން އެލިޒިބަތް، ޕްރިންސް ހެރީ އާ މޭގަން މާކޭލް ގެ މި ނިންމުމާ ބެހޭ ގޮތުން ވަކި ކޮޅަކަށް ނުޖެހެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާގެ ރަހުމަތްތެއިންނާ ވާހަކަދައްކަވަމުން އެއީ އެ ބޭފުޅުން ބޭނުންވާ ގޮތް ކަމަށާއި އެގޮތަށް ޖެހޭނީ ދޫކޮއްލަން ކަމަށް އެކަމާނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!