ފޮޓޯ: ސަން އޮންލައިން

ތޮއްޔިބު ޝަހީމް ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ޝަހީމް، ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ތޮއްޔިބު މިއަދުން ފެށިގެން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް ނުކުންނަވަން ފައްޓަވައިފަ އެވެ.

މީގެ ކުރިން ޓީވީއެމްގައި މަސައްކަތްކުރެއްވި ތޮއްޔިބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމަށްފަހު ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ފަރާތެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތް ދުވަސްވަރު އޭރުގެ ސަރުކާރުތަކުގެ އިދާރާތަކުން “ލީކުވާ މައުލޫމާތު”ތައް ޓްވިޓާގައި ހާމަކުރުމުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ފަރާތެކެވެ.

ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ތޮއްޔިބު ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި 2017 ވަނަ އަހަރުގެ މާޗް މަހު ހައްޔަރުކުރި އެވެ. ނަމަވެސް އެ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހައިކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްލުމުން އޭނާ ވަނީ ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!