ގެ އެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން ބިދޭސީއަކު ވެއްޓިއްޖެ

މިއަދު މެންދުރު ހެންވޭރު ގެއެއްގެ ހަތް ވަނަ ބުރީގެ ވައިގޮޅިން ބިދޭސީއަކު ވެއްޓި ޒަހަމްވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރުގެ ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓިފައިވާ މައްސަލައެއް މިއަދު މެންދުރު 14:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައި ވަނީ ބަންްލަދޭޝް ރައްޔިތަކަށް ކަމަށެވެ. އެ މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު، އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެެއެވެ.

ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!