އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ފުރަތަމަ ހާދިސާ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. އެގޮތުން ހިތަދޫ ފަޅު ގޯއްޗެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 11:11 އެހާކަންހާއިރު ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ. އަދި މި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައިކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އަލިފާނުގެ ދެވަނަ ހާދިސާ ހިނގާފައިވަނީ މިއަދު 11:50 ހާއިރު ހިތަދޫ ޒޯން ސްޓޭޑިއަމް ކައިރީގައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ ހިތަދޫ ޒޯން ސްޓޭޑިއަމްގެ އިރުމަތީ ފަރާތު ވަލުތެރޭގައި ހުރި ހުއި ތަކެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ސައުތު އޭރިޔާ ހިތަދޫ ފަޔަރ ސްޓޭޝަން އިން ނިއްވާލައިފައިވާކަމަށެވެ.

މި ހާދިސާތަކުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!