ކޮމަންވެލްތު ގައުމެއް ގޮތުގައި އެޖަމާއަތުން ރާއްޖެ އަލުން ބަލައިގަނެފި

ކުރީގެ ސަރުކާރުން ކޮމަންވެލްތުން ރާއްޖެ ވަކި ކޮށް ރާއްޖެ އެކަހެރި ކޮށްފައި ވަނިކޮށް، މި ސަރުކާރުން ކޮމަންވެލްތާއި އަލުން ގުޅުމަށް ނިންމައި، އެކަމަށް ކުރަން ހުރި މަސައްކަތް ދިޔައީ ކުރައްވަމުންނެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން، ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅުމަށް ކުރައްވަމުން ދިޔަ މަސައްކަތް ކާމިޔާބު ވެއްޖެކަން ރައީސުލްޖުމްހޫރިއްޔާ ކުރެއްވެވި ޓްވީޓަކުން ވަނީ ހާމަ ވެފައެވެ.

“ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ސެެކެޓްރީ ޖެނެރަލް ދެންމެ އަޅުގަނޑަށް ދެއްވައިފި. މިއީ ދިވެހި ރައްޔިތުންނަށް ބައިނަލްއަޤްވާމީ މަސްރަޙުގައި ލިބުނު ބޮޑު ކާމިޔާބީއެއް.” އެ ޓްވީޓުގައި ވެއެވެ.

ފާއިތުވު ދުވަސްތަކުގައި ފޮރިން މިނިސްޓްރީއިން ވަނީ ކޮމަންވެލްތާއި ރާއްޖެ ގުޅުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމަ ކަމާއި އެކީ ކޮށްފައެވެ. އޭރުގެ ވެރިއަކަށް ހުންނަ ފަރާތުން ބޭނުންވާ އަނިޔާވެރިކަމަށް ދުނިޔެ ދީއްލާ ނުލާ ކޮންމެ ދަނޑިވަޅެއްގައި، ގައުމު ބާކީ ކޮށް، ބައިނަލްއަގުވާމީ މުޖްތަމަޢުން އެކަހެރި ކުރުމަކީ މުޅި ގައުމަށް ދެވޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!