ތުއްތު ދަރިފުޅަށް ޖެހޭ އާންމު ބަލިތަކުން ރައްކާތެރިވާނީ ކިހިނެތް!

ކުޑަކުއްޖާގެ ދިފާއީ ނިޒާމައަކީ ފުރިހަމަ އިންސާނެއްގެ ދިފާއީނިޒާމަށް ވުރެ ބަލިކަށި ނިޒާމަކަށް ވުމުން އެކުދިންގެ ސިއްހަތަށް އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ. އެގޮތުން ކުޑަކުދިންނަށް ޖެހޭ ބަލިތަކާއި އެބަލިތަކުގެ ފަރުވާ ބެލެނިވެރިޔާއަށް އިނގުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ބަލާލަނީ ކުޑަދަރިފުޅަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމު ކޮށް ޖެހިދާނެކަމަށް ބެލެވޭ ބައެއް ބައްޔަށާއި، އެ ބަލިން ސަލާމަތް ވުމަށް ކުރެވިދާނެ ނުވަތަ ރައްކާތެރި ވެވިދާނެ ގޮތްތަކެވެ.

  1.  އާންމު ރޯގާ.

ރިޕޯޓުތަކުން ދައްކާގޮތުގައި ކުއްޖާ ޕްރީ ސްކޫލަށް ވެއްދުމުގެ އުމުރުގައި އަހަރަކު 6-10 ބާވަތެއްގެ ރޯގާ ޖެހެއެވެ. އެގޮތުން ކެއްސުމާއި ކިނބިހި އެޅުމާއި، ނޭފަތުން ފޭބުމާއި ކަރުތެރެ ދުޅަވުން ކަހަލަ އަލާމާތްތައް ފެންނާނެއެވެ.  އާންމު ގޮތެއްގައި ކުޑަކުދިންނަށް ރޯގާ ޖެހެނީ ވައިގެ ޒަރިއްޔާއިންނެވެ. އަދި ހަމައެއާއެކު ކުޅޭއެއްޗެހީގައި ރޯގާގެ ޖަރާސީމު ހުރުމުންވެސް މެއެވެ.

ރައްކާތެރިކަން ހޯދުމާއި ފަރުވާ.

ކުޑަކުދިންނަށް ޖެހޭ ރޯގާއިން ރައްކާތެރިކަން ހޯދުމަށް ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ ވެކްސިންޖެހުމެވެ. އަދި ހަމައެހެންމެ ސާފުތާހިރު ތަންތާގައި ކުދިން ގެންގުޅުމާއި، ކުޅޭ އެއްޗެހި ސާފު ކޮށް ގެންގުޅުމަކީ އެޅޭނެ ފިޔަވަޅެކެވެ

2. ހޭންޑް ފޫޓް އެންޑް މައުތް.

ހޭންޑް ފޫޓް އެންޑް މައުތް އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލި އާންމުކޮށް ޖެހެނީ ތުއްތު ކުދިންނަށާއި 5 އަހަރުން ދަށުގެ ކުދިންނަށެވެ. މި ބަލި ޖެހުމުން ހުން އައިން އަނގައިން ބިހި ނަގައި އަދި ގައިގެ ތަންތަން ރަތްވެފައި ހުންނާނެއެވެ. މި ބަލި އާންމުކޮށް ޖެހެނީ ކުޅުގެ ޒަރިއްޔާއިންނެވެ. އަދި ހަމައެހެންމެ މި ބަލި ޖެހިފާމީހުންގެ ފަރާތުންވެސް މި ބަލި ޖެހުމޖުގެ ފުރުސަތު ބޮޑެވެ.

ރައްކާތެރިކަން ހޯދުމާއި ފަރުވާ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ސާފުތާހިރުކަން އިސްކުރުން ވަރަށް މުހިއްމެވެ. އެގޮތުން ގިނަގިނައިން އަތްދޮވުން ހިމެނެއެވެ. އަދި އެހެން ކުދިންނާއި ކާންގެންގުޅޭ ތަށިފަދަ ތަކެތި ހިއްސާނުކުރުންވެސް ހިމެނެއެވެ. މިބައްޔަށް ޙާއްސަ ފަރުވާއެއް އަދި ހޯދިފައި ނުވިނަމަވެސް، ހުން އަދި ތަދު ކެޑުވުމަށް ޕެރަސެޓަމޯލް ބޭނުންކުރެވިދާނެއެވެ. ހަމައެހެންމެ އަނގައިގެ ރިހުން ކެޑުވުމަށް މައުތްވޮޝް ބޭނުންކުރުމަށް ބައެއް ޑަކްޓަރުން ލަފާދެއްވައެވެ.

3. ޕިންކް އައި.

މިއީ ބެކްޓީރިއާރ އަ ވައިރސްގެ ޒަރިއްޔާއިން ފެތުރޭބައްޔެކެވެ. މިބަލި ޖެހުމުން ލޯހިރުވައި، ރަތްވުމާއި، އަވީގައި އުޅެން އުދަނގޫވުމާއި އަދި ދިލަނެގުން ފަދަ ކަންތައްތައް ދިމާވެއެވެ. ހަމައެހެންމެ ގެންގުޅޭ ޝޭމްޕޫގެ ސަބަބުންވެސް މިބަލި ޖެހިދާނެއެވެ. ތުއްތު ކުއްޖާއަށް މި ބަލި ޖެހުމުން ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހެއެވެ. އެއީ އޭގެ ސަބަބުން ލޮލޮގެ ފެނުމަށް އަސަރެއް ކޮއްފާނެތީއެވެ.

ރައްކާތެރިކަން ހޯދުމާއި ފަރުވާ.

މިބަލިން ރައްކާތެރިކަން ހޯދުމަށް ތިމާގެއާއި ދަރިފުޅުގެ ދެއަތް ސާބޯނިލައި ތާފެނާފެނުން ގިނައިން ދޮންނަންވާނެއެވެ. ކޮންމެ ކުއްޖަކަށް ވަކި ވަކި ތުވާލި ހަމަޖެއްސުންވެސް މުހިއްމެވެ. ގޭގައި މިބަލި ޖެހިފައިވާ އިތުރުމީހެއް އުޅޭނަމަ ބާލިސްތަކާއި ތުވާލި ތަކާއި އެއްޗެހި ސާފުކޮށް ގެންގުޅެން ސަމާލުކަންދޭންވާނެއެވެ. އޭރުން ބަލި އިތުރަށް ފެތުރުނަނުދީ ހިފެހެއްޓޭނެއެވެ.

4. އެކްސެމާ

އެކްސެމާގެ އަލާމާތްތަށް ކުއްޖާ ވިހެއުމުގެ ކުރިން ފެނިގެންދެއެވެ. މިއީ ކޮންމެ 10 ކުއްޖަކުން އެއްކުއްޖަކަށް ޖެހޭ ބައްޔެކެވެ. މި ބަލީގެ ފުރަތަމަ ކޮޅުގައި މޫނުމަތީގައި ކަހާފައި ރަތް ވެފަ ހުންނަހެން ހުރެއެވެ. އަދި ފަހުން އިތުރަށް ހަށިގަނޑަށް ފެތުރުގެންދެއެވެ.މި ބަލި އާންމުކޮށް ޖެހެނީ ކުއްޖާގައިގެ ހުންނަ ޖީން އެއްގެ ސަބަބުންނެވެ.

ރައްކާތެރިކަން ހޯދުމާއި ފަރުވާ.

މިބަލިން ރައްކާތެރިވުމުގެ ގޮތުން ކުޑަ ދަރިފުޅުގެ ހަންގަޑު ހިކުނަ ނުދީ ބެލެހެއްޓިދާނެއެވެ. އަދި ކަފަ ކަހަލަ މަޑު ފޮތީގެ ހެދުން ލެއްވިދާނެއެވެ. މިބަލީގެ ފަރުވާއެއްގެ ގޮތުން ފިނިފެނުގައި ކުއްޖާ ފެންވެރުވިދާނެއެވެ. އަދި ހަމުގެ ކްރީމް ޑޮކްޓަރުގެ އިރުޝާދުގެ މަތިން ބޭނުންކުރެވިދާނެއެވެ.

ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ތަފާތު ރޯގާ ތަކާ އާންމު ބަލިތަކުން ސަލާމަތް ވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުން މުހިންމެވެ. އެގޮތުން ކުދިންނަށް ރަނގަޅު ކާނާ އާ ބޭސްފަރުވާގެ އިތުރުން ސާފުތާހިރު ވެއްޓެއް ހޯދައިދިނުމަކީ މައިންބަފައިން ގެ ޒިންމާއެކެވ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!