ބޭކާރު ގޮތުގައި ބަލިމީހުންނަށް ޒިޔާރަތް ކުރުން ހުއްޓާލާ – ޑރ. ނިޔާފް

ޑޮކްޓަރ ނިޔާފް މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓް ތަކެއްގައި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ފާހަގަ ކޮށް ވަނީ އެކަންކަމުން ދުރުހެލި ވުމަށް ގޮވާލާފައެވެ.

ބަލިން ސަލާމަތް ވުމަށް ކުރާ މަސައްކަތް ބަލި ޖެހުމުގެ ކުރިން ފަށަންވާނެ ކަމަށް އަދި އެފަދަ ސަގާފަތެއް އަށަގަންނަށް ޖެހޭ ކަމަށް ޑޮކްޓަރ ނިޔާފް ވިދާޅުވެއެވެ. ބަލި ޖެހުމަށް ފަހު، ދެން އެކަމުން ސަލާމަތް ވާން މަސައްކަތް ކުރާއިރު ބައެއް ފަހަރު އޮންނަނީ މާ ލަސްވެފައިކަން ފާހާގަ ކުރެއްވިއެވެ.

މި ގޮތުން ގިނަ ގިނައިން ސާބޯނި ލައިގެން އަތް ދޮވުމުގެ މުހިންމު ކަން ފާހަގަ ކުރެއްވިއެވެ. ސައިބޯނި ލިބެން ނެތް ތަންތާގައި ސެނިޓައިޒާއިން އަތް ސާފު ކުރަން ޖެހެއެވެ. އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ ކަމެއް ކޮށްފައި އަތް މިގޮތަށް ސާފުކޮށް ދޮވުމަކީ ބަލިން ސަލާމަތް ވުމަށް ކޮންމެ ހެން ވެސް މުހިންމު، ބޭނުންތެރި ކަމެއް ކަމަށް ޓްވީޓް ގައި ވިދާޅުވިއެވެ.

ބަލިވެއްޖެ ހިނދެއްގައި ގެއިން ބޭރަށް ނުގޮސް ގޭގައި ހުރުން މުހިންމެވެ. އަދި އަމިއްލަ ނަފްސަށް އަޅާލައި، ޑޮކްޓަރެއްގެ އެހީތެރިކަން ބޭނުން ވޭތޯ ޔަގީން ކޮށް ބަލާށެވެ. ބަލި ވުމަށް ފަހުވެސް ގިނަ ގިނައިން އަތް ދޮވެ، ސާފުތާހިރު ވުމުގެ އާދަ ހަރުލައްވާށެވެ. އެހެން މީހުންނަށް ބަލި ނުފެތުރޭނޭހެން، މީހުންނާއި ދުރުހެލިވުމަކީ ރަނގަޅުކަމެކެވެ. އެހެން މީހުންނަށް ފޯނުން ވެސް، ބަލިމީހާގެ ހާލު ބެލެވޭނެއެވެ. ބަލިމީހާއަށް އެފަދައިން އަޅާލާން ޖެހޭނެއެވެ.

ކިބިހި އަޅައި ކެއްސާއިރު އަނގަމަތި ނިވާކުރަން އާދަ ކުރާށެވެ. އަތަށް ކިބިހި ނާޅާށެވެ. ޓިޝޫއަކަށް ނުވަތަ މުލައްދަޑިއާއި އުޅަބޮށިން އަނގަ ނިވާވާހެން ނޫނީ ކިބިހި އަޅާ ކެއްސާ ނަހަދާށެވެ. އަދި ކިބިހި އަޅައި ކެއްސާފައި، ހޭންޑް ސެނެޓައިޒަރ އިން އަތް ސާފުކުރާށެވެ.

އާންމު ތަންތަނަށް ކުޅުޖަހައި ނޭފަތް ފޮޅައި ނަހަދާށެވެ. އަދި ބޭނުން ކުރާ ޓިޝޫ ފަދަ އެއްޗެހި އެކަމަށް ހާއްސަ ކުރެވިފައިވާ ޑަސްބިނަކަށް ނޫނީ ނާޅާށެވެ. މަގުމައްޗަށް އުކާ ނުލާށެވެ. މިއީ އެންމެންގެ މައްޗަށް ކުރުން ލާޒިމް ކަމެކެވެ. ބަލީގެ ނިޝާނެއް ނުފެންނަށް މީހެއް ކަމުގައި ވީ ނަމަވެސް މެއެވެ. ބައެއް ފަހަރު ބަލީގެ ނިޝާނެއް ފެންނަށް ނެތި، ބަލިހުރެ އެ މީހެއްގެ ކިބައިން އެހެން މީހުންނަށް ބަލިޖެހިދެއެވެ.

ހޮސްޕިޓަލަށް ބޭކާރު ގޮތުގައި ބަލި މީހުންނަށް ޒިޔާރަތް ކުރަން ނުދާށެވެ. ހޮސްޕިޓަލަކީ ބޭރަށް ދާން އޮންނަ ތަނެއް ނޫނެވެ. އެއީ އެންމެ ބަލި މީހުން އުޅޭ އަދި އެމީހުންނަށް ފަރުވާ ދެމުން ދާތަނެވެ. ހޮސްޕިޓަލްތައް ސާފުކޮށް ބެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް، ނުރައްކާތެރި ބަލިތައް އެތަނުން އަނެކާގެ ގަޔަށް އެރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެއެވެ.

ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ނެރޭ ބަޔާން ތަކާއި، ފަރުވާތެރިކަން ބަހައްޓަން އަންގާ ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ޑރ. އަބްދުﷲ ނިޔާފް އޭނާގެ ޓްވީޓްތަކުގައި އެދިފައިވެއެވެ.

ޑޮކްޓަރ ނިޔާފް މިގޮތަށް ޓްވީޓް ކުރެއްވި އިރު، ރާއްޖޭގައި ދަނީ ކޮރޯނާ ވައިރަސް އަށް ރައްކާތެރި ވުމަށް ފިޔަވަޅުތައް އަޅަމުންނެވެ. އަދި ޑރ. ނިޔާފު ދެއްވާފައިވާ މުހިންމު މި އިރުޝާދުތަކަކީ މި ބަލިން ރައްކާތެރިވުމަށް ފަރުދީ ލެވެލްއެއްގައި ކޮންމެ މީހަކަށްވެސް ކުރެވިދާނޭ ކަންކަމެވެ.

  1. ދިވެހިރާއްޖޭގެ ކަންތައްތައް ރަނގަޅުކުރަން ތި ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ

    0
    0
  2. ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ނެރޭ ބަޔާން ތަކާއި، ފަރުވާތެރިކަން ބަހައްޓަން އަންގާ ކަންކަމަށް ސަމާލުކަން ދިނުމަށްވެސް ޑރ. އަބްދުﷲ ނިޔާފް އޭނާގެ ޓްވީޓްތަކުގައި އެދިފައިވެއެވެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!