އީޔޫ އިން އިނގިރޭސިވިލާތް ވަކިވެއްޖެ

ޔޫރަޕިއަން ޔޫނިއަނުން (އީޔޫ) އިނގިރޭސިވިލާތް ރަސްމީކޮށް ވަކިވެއްޖެއެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުގެ ކަންތައް ނުވަތަ “ބްރެކްސިޓް” ކޮޅެއްގައި މިޖެހުނީ މިކަމާބެހޭ އެއްބަސްވުމަށް އިނގިރޭސި ޕާލަމެންޓުން ރުހުން ދިނުމާއެކު ޔޫރަޕިއަން ޕާލަމެންޓުންވެސް އެ އެއްބަސްވުން ތަސްދީގު ކުރުމާއެކު އޭގެ ސުންގަނޑި ޖެހުމުންނެވެ.

އީޔޫ އިން ވަކިވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އީޔޫ އިން ވަކިވުމަކީ އެއްގޮތަކަށް ނިމުމެއް ނޫން ކަމަށާއި މުޅިން އާ ބަދަލުތަކުގެ ފެށުމެއް ކަމަށެވެ. އަދި އީޔޫގެ މިސްރާބު ހުރީ އިނގިރޭސިވިލާ އެންމެ ގުޅޭ މިސްރާބަކަށް ވެސް ނޫން ކަމަށާއި އީޔޫ އިން ވަކިވުމަކީ ގިނަ ބަޔަކަށް އުއްމީދުތަކެއް ގެނުވާނެ ކަމެއް ކަމަށްވެސް ބޮރިސް ވިދާޅުވިއެވެ.

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމުން ޔޫރަޕްގެ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެން އޮންނާނީ ހަމައެކަނި ނަމެއްގައެވެ. އެގޮތުން އީޔޫގެ ސިޔާސަތުތައް ކަނޑައެޅުމާއި، އީޔޫގެ ނިންމުމެއްގައި ނުވަތަ ނަގާ އެއްވެސް ވޯޓެއްގައި ވެސް ދެން އެގައުމުގެ ދައުރެއް ނޯންނާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!