ކޮރޯނާ ވައިރަސް ބަލީގައި މަރުވި މީހުންގެ އަދަދު 258 އަށް އަރާފައިވާއިރު އެ ބަލި ޖެހުނު ޗައިނާ މީހުންގެ އަދަދު 11،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ރަސްމީ ރެކޯޑް އަދަދަކީ 259 އެކެވެ. އަދި ޗައިނާއިން އެކަނިވެސް 11،177 މީހުން މި ވައިރަހަށް މިހާރު ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
މި ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީން ކަމަށްވީ ނަމަވެސް މި ބަލި ޖެހިފައިވާ މީހުންތައް ޗައިނާގެ އެހެން ސިޓީތަކުންނާއި އަދި ބައެއް އެހެން ގައުމުތަކުން ވެސް މިހާރު އަންނަނީ ފެންނަމުންނެވެ.