ޝިފާ ބަލިކޮށް އަނަސް ޓިކެޓް ކަށަވަރު ކުރައްވައިފި

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަަށް ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ކާމިޔާބު ކުރައްވައިފި އެވެ.

މާލޭޔެ މޭޔަރު ކަމުގެ ޕްރައިމަރީގައި އަނަސްއާއެކު ޖުމްލަ ހަތް ބޭފުޅަކު ވާދަކުރެއްވިއެވެ.

އެމްޑީޕީގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި މިދިޔަ ދެ ދައުރުވެސް މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި ޝިފާގެ މައްޗަށް އަނަސް ކާމިޔާބު ހޯއްދެވީ، 200 ވޯޓު ގިނައިން ހޯއްދަވައިގެންނެވެ.

އަނަސްއަށް 1،025 ވޯޓު ލިބުނު އިރު، ޝިފާއަށް ލިބިވަޑައިގެންނެވީ 835 ވޯޓް ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. ދެން އެންމެ ކައިރިން ވާދަކުރެއްވީ މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި، ސަރަނގު އާދަމް މަނިކެވެ. ވަގުތީ ނަތީޖާއިން ދައްކަނީ އާދަމް މަނިކަށް ލިބުނީ 780 ވޯޓު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!