މާލޭގައި މާރާމާރީ އެއް ހިނގައި ބިދޭސީން ތަކެއް ހައްޔަރުކޮށްފި

މާލޭގައި މިރޭ ހިނގި މާރާމާރީއަކާ ގުޅިގެން ހަ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ހެންވޭރުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ 20:53 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން މި މާރާމާރީއާ ގުޅިގެން ބިދޭސީ ފަސް ފިރިހެނުންނާއި، ބިދޭސީ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!