މާސްކާއި ސެނެޓައިޒަރ ގެ އަގު އަތްނުފޯރާ ފަށުގައި

ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރެހަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިގެން ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ ވަގުތު، ހޭންޑް ސެނިޓައިޒާ އާއި، ނޭފަތާއި އަނގަ ފޮރުވާ މާސްކުގެ އަގު އަތް ނުފޯރާފަށަށް އުފުލިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިތަކެތީގެ އަގުތައް ކުއްލިއަކަށް މިހާ މައްޗަށް އުފުލިގެން ގޮސްފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މިތަކެއްޗަށް އިންތިހާއަށް ބޭނުން ޖެހި މާކެޓުތަކުން ހުސްވެގެން ދާން ފެށުމުގެ ސަބަބުންނެވެ. އަދި މިހާރު ރާއްޖެއަށް މާސްކާއި ހޭންޑް ސެނިޓައިޒާ ލިބުންވެސް ދަތިވެފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އަދި މިއަށްވުރެ އަގު އުފުލިގެން ގޮސްދާނެ ކަމަށް ފާރމަސީ ހިންގަވާ ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!