ހަލުވިކަމާއެކި ފެތުރެމުންދާ ކޮރޯނާ ވައިރަސް އިނގިރޭސިވިލާތުން ވެސް ފެނިއްޖެ އެވެ.
އިނގިރޭސިވިލާތުގެ ޗީފް މެޑިކަލް އޮފިސަރު ކްރިސް ވިޓީ ނެރުނު ބަޔާނެއްގައި ބުނީ ވައިރަސް ފެނިފައިވަނީ އެއް އާއިލާ އަކަށް ނިސްބަތްވާ ދެ މީހުންގެ ގައިން ކަމަށެވެ. ނަމަވެސް އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދުނިޔޭގެ އެކި ގައުމުތަކުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 9,709 އަށް އަރާފަ އެވެ. އޭގެ ތެރެއިން 140 މީހުން ފިޔަވާ ހުރިހާ ކޭސްއެއް ފެނިފައިވަީނީ ޗައިނާއިންނެވެ. މަރުވި މީހުންގެ އަދަދު މިހާރު ވަނީ 213 އަށް އަރާފަ އެވެ.