ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެ ޕާޓީން ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓްލުން 93 ރަށެއްގައި އެއްވަގުތެއްގައި ބާއްވާނެ އެވެ. އަދި 169 ފޮށި ވަނީ ވޯޓްލާން ބަހައްޓައިފަ އެވެ.
މި ޕްރައިމަރީގައި 909 ކެންޑިޑޭޓުން ވާދަކުރާއިރު ޕްރައިމަރީގެ ވޯޓުލުން މިރޭ 19:30 އާއި ހަމައަށް ކުރިއަށްދާނެއެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުގައި މި އިންތިހާބުގައި 90،000 އަށްވުރެ ގިނަ މީހުނަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވެއެވެ.