ފަތުރުވެރިން ބަލާ ޗައިނާއިން އަންނަ އެއްވެސް ފްލައިޓެއްގައި ފަސިންޖަރުން ނުތިބޭނެ

ރާއްޖެއަށް މިއަދު ޗައިނާއިން ދަތުރުކުރާ ތިން ފްލައިޓުގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމަށާއި، އެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަނީ ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒަންގް ލިއޮން ވިދާޅުވެއްޖެއެވެ.

ސަފީރު ޒަންގް ލިއޮން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފްލައިޓްތައް ރާއްޖެ އަންނަމުންދަނީ ރާއްޖޭގެ އެކި ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ތިބި އެ ޤައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ބަލާކަމަށެވެ. އަދި އެ ފްލައިޓްތަކުން އެއްވެސް ފަސެންޖަރެއް ނާންނަކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖެއަށް މިއަދު ޗައިނާއިން ދަތުރުކުރާ ތިން ފްލައިޓުގައި އެއްވެސް ފަސިންޖަރަކު ނުތިބޭނެ ކަމަށާއި، އެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރަނީ ރާއްޖޭގައި ތިބި ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިއުމަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ރާއްޖޭގައި މިވަގުތު އައިސް ތިބ ޗައިނާ ފަތުރުވެރިން ފުރުވާލުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީ އާއި ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.