އިރާނުގެ ބޮމުގެ ހަމަލާއިން އެމެރިކާ ސިފައިންގެ 64 މީހެއްގެ ސިކުޑިއަށް ބޮޑެތި ގެއްލުންތަކެއް

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓުން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި އިތުރު 14 މީހެއްގެ ސިކުނޑިއަށް ވަނީ މި ހަމަލާގައި ގެއްލުން ތަކެއް ވެފައެވެ. އެހެން ކަމުން އިރާނުން އިރާގުގައި ހުރި އެމެރިކާގެ ބޭސްތަކަށް ދިން ބޮމުގެ ހަމަލާއިން މިހާތަނަށް 64 އެމެރިކާގެ ސިފައިންގެ ސިކުޑިއަށް ވަނީ ގެއްލުން ލިބިފައެވެ.

މި ހަމަލާގައި މީހަކު މަރުވެފައި ނުވި ނަމަވެސް، އިރާގުގައި ހުރި އެމެރިކާގެ ބޭސް ތަކާއި މާދުރުނޫން ހިސާބުތަކުގައި ތިބި އެގައުމުގެ ސިފައިންނަށް ވަނީ ބޮމުގެ ހަމަލާގެ އަސަރު ކޮށްފައެވެ. އިރާނުން ދިން ބޮމުގެ ހަމަލާގައި އެޅި ލޮޅުމުގައި ބޮލަށް ގެއްލުން ލިބިފައިވަނީ ވެއްޓި ބޯޖެހިގެން ފަދަ ކަންކަމުން ކަމުގައި ބެލެވެއެވެ.

އެމެރިކާއިން މީގެ ތެރެއިން ބައެއް މިހާރު މީހުން ޖަރުމަނަށް ފޮނުވައިގެން ދަނީ ފަރުވާ ދެމުންނެވެ.

ނަމަވެސް މީޑިޔާގައި މީގެ ކުރިން ޓްރަމްޕް ހާމަކޮށްފައި ވަނީ ބޮލަށް ލިބުނު ގެއްލުންތައް ސީރިއަސް ނޫން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!