ހުން ގަދަވެ ކެއްސާ، ނޭވާލާން އުނދަގޫވާނަމަ ހޮޓްލައިނަށް ގުޅުއްވާ

ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ އަލާމާތެއް ޗައިނާއިން ފުރިތާ 14 ދުވަސްތެރޭ ފެނިއްޖެނަމަ ހޮޓްލައިން 7377004 އަށް ގުޅުއްވުމަށް ޑރ.އަބްދުﷲ ނިޔާފް އިލްތިމާސް ކުރައްވައިފިއެވެ.

ޑރ.ނިޔާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާގެ ހުރިހާ ޕްރޮވޮންސް އަކުން ކޮރޯނާވައިރަސް މިހާރު ފެނިފައި ވުމާއިއެކު, ހުމާ, ރޯގާ, ކެއްސުން, ނޭވާކުރުވުން ފަދަ އަލާމާތެއް ޗައިނާއިން ފުރިތާ 14 ދުވަސްތެރޭ ފެނިއްޖެނަމަ ހޮޓްލައިން 7377004 އަށް ގުޅާ ހަދަންވީގޮތުގެ މައުލޫމާތު ހޯދުމަށް އެދިވަދައިގަންނަވާ ކަމަށެވެ. އަދި ގުޅާ، އެންގުމަކާނުލައި ސިއްހީ ޚިދުމަތްދޭ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަށް ނުދިއުމަށް ނިޔާފް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން އަލާމާތެއް ފެނިއްޖެނަމަ، ގޭގައި ދިރިއުޅޭ މީހުންވެސް ރަނގަޅަށް އަތް ދޮވެ ސާފުކުރުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ، އަދި އޭގެ އިތުރުން ބަލިމީހޭ މީހުންގެ ތެރެއަށް ނުނިކުތުމަށާއި މާސްކް އެޅުމަށްވެސް ނިޔާފް ވަނީ އެދިވަޑައިގަންފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!