ކޮރޯނާ ވައިރަސްގައި އެންމެ ގިނަމީހުން މިހާތަނަށް މަރުވި ދުވަސް

ކޮރޯނާ ވައިރަސްފައި އެންމެ ގިނަމީހުން މިހާތަނަށް ޗައިނާގައި މަރުވެފައި ވަނީ ބުރާސްފަތި ދުވަހުއެވެ. އިއްޔެ އެކަނި ވެސް އެގައުމުގެ 40 ވުރެ ގިނަ މީހުން ހޫބޭ އަވަށުގައި މަރުވެފައި ވެއެވެ. ވޫހާން އަކީ ހޫބޭގެ ވެރި ރަށެވެ. އެހެން ކަމުން އިއްޔެ އާއި ހަމަ އަށް މި ބަލީގައި 213 މީހުން މިދުނިޔެ ދޫކޮށް ގޮސްފިއެވެ. މި ހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވާކަމަށް މީޑިޔާއިން މައުލޫމާތު ދެއެވެ.

ޗައިނާ ނޫން އިތުރު 20 ގައުމަކަށް ނުވަތަ އެއަށްވުރެވެސް އިތުރު ގައުމުތަކަށް މި ވައިރަސް މިހާރު ވަނީ ފެތުރިފައެވެ.

ރާއްޖެއިން ވެސް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހެއް ފެނިގެން ވަނީ މިހާރު އެކަމާއި ގުޅުން ހުރި ފިޔަވަޅުތައް އަޅަން ފަށާފައެވެ. އަދި ސަރުކާރުން ދަނީ މި ކަމާއި ގުޅިގެން ރާއްޖޭގެ ފެންވަރުގައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް ޑަބްލިއުއެޗްއޯގެ ލަފާފުޅާއި އެކު އަޅަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!